ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިނާއި އަސާސީ ބޭހުގެ އިތުރުން ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ވެކްސިން އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން އިއްޔެ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިނާއި މުހިންމު އެހެނިހެން ފާމަސޫޓިކަލް އުފެއްދުންތައް މެދުކެނޑުމެއްނެތި، އިތުބާރާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، މި ދާއިރާއިން ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ފުރުސަތުތައް ދެނެގަތުމެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް، ސަންދީޕް މުލޭ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި، ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ވެކްސިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، ބޭހާއި ޞިއްޙީ އެކި އާލާތްތައް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އާންމު ސިއްހަތާ ގުޅުންހުރި އެކި ޕްރޮގްރާމްތަކުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ސްޓޭޓް ފާމާއިން އިތުރަށް ފާހަގަކުރި ގޮތުގައި، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ. ގެ އެކި ޖަމާއަތްތައް ގުޅިގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ކުންފުންޏެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ރައްކާތެރި، ފެންވަރު ރަނގަޅު ގިނަ ބާވަތްތަކެއްގެ ވެކްސިން އެ ކުންފުނިން އުފައްދަމުން އަންނަކަންވެސް ސްޓޭޓް ފާމާއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު