ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފައިވާ ކަމަށް ބެލެވޭ ބަންގްލަދޭޝްގެ އަންހެނެއް ކަމަށްވާ ސުވީތީ އަޚްތަރަށް ވީގޮތް ރަސްމީކޮށް ސާފުކޮށްދިނުމަށް، އޭނާގެ ޢާއިލާއިން ސަރުކާރުގައި އެދެމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ބަންގްލަދޭޝްގެ ތަންގާއިލް، މިރްޒާޕޫރަށް ނިސްބަތްވާ ފަޒަލް މިއާ، މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން 1.5 ލައްކަ ޓަކާ ދަރަންޏަށް ނަގައިގެން އޭނާގެ ހަގު އަންހެން ދަރިފުޅު ސުވީތީ ސައުދީއަށް ފޮނުވީ ވަޒީފާއެއް އަދާކުރުމަށެވެ. އެ ޢާއިލާއަށް ލިބިފައިވާ މަޢުލޫމާތުތަކުން ސުވީތީއަށް މަރުގެ އަދަބު ދީފައިވާކަން އެނގުނު ނަމަވެސް، މިހާތަނަށް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސުވީތީގެ ބައްޕަ ކިޔައިދިން ގޮތުގައި، ސައުދީއަށް ދިޔުމަށްފަހު ފުރަތަމަ ފަސް މަސްދުވަހު އޭނާ ގޭމީހުންނަށް ފައިސާ ފޮނުވިއެވެ. ނަމަވެސް، އޭގެ ފަހުން އެހެން މަސައްކަތްތެރިންތަކަކާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން އޭނާ ޖަލަށްލެވުނެވެ. ޖަލުގައި ހުރެގެން ވެސް މަރުގެ ޙުކުމެއް އައިސްފައިވާ ކަމުގެ އެއްވެސް ވާހަކައެއް އޭނާ ޢާއިލާއަކާ ހިއްސާއެއް ނުކުރެއެވެ. އަދި މީގެ 15 ދުވަސް ކުރިން ގުޅިއިރު ވެސް އޭނާ ބުނެފައިވަނީ، ވަރަށް އަވަހަށް މިނިވަންވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގައި އެ ޤައުމުގެ ދެ މީހަކަށް މަރުގެ އަދަބު ތަންފީޛުކުރި ކަމުގެ މަޢުލޫމާތު ލިބިފައިވީ ނަމަވެސް، އެއީ ކޮން ބައެއްކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ސުވީތީގެ މަންމަ އާދޭހާއެކު ބުނެފައިވަނީ، އޭނާގެ ދަރިފުޅު ދުނިޔޭގައި ހުރިނަމަވެސް ނުވަތަ މަރުވެފައިވީ ނަމަވެސް، އޭނާއަށް ވީގޮތެއް ސަރުކާރުން ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެ ސަރަޙައްދުގެ ކައުންސިލާއި ފުލުހުން ބުނެފައިވަނީ، މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ ރަސްމީ މަޢުލޫމާތެއް އެ ފަރާތްތަކަށް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު