އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް
ވެމްކޯގެ ހިދުމަތް ނުލިބޭ ހުރިހާ ރަށަކަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ފޯރުކޮށްދޭން ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދާ "އަހާ ފޯރަމް"ގެ 10 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ ކުރިން ރާވަފައި އޮތީ މި އަހަރު ނިމުމުގެ ކުރިން ވެމްކޯގެ ހިދުމަތް ނުލިބޭ ހުރިހާ ރަށަކަށް އެ ހިދުމަތް ފޯރުކޮށްދޭން ފަށަން ކަމަށެވެ.

އެ ތާރީހަށް އެކަން ނުވި ނަމަވެސް އަވަސް ތާރީހެއްގައި ވެމްކޯގެ ހިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދޭން ފެށޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

ވެމްކޯއިން ކުނި އުކާލުމުގެ ހިދުމަތް ނުލިބޭ ބައެއް ރަށްރަށުގައި އެ ރަށްރަށުގެ ކައުންސިލްތަކުން ވެސް ކުނި އުކާލުމުގެ ހިދުމަތް ދެއެވެ.

ވެމްކޯއިން އަތޮޅު ތެރޭގައި ގޭގެއިންނާއި ވިޔާފަރިތަކުން ވެސް ކުނި އުކާލުމުގެ ހިދުމަތްދޭއިރު ރިސޯޓްތަކަށް ވެސް ކުނި އުކާލުމުގެ ހިދުމަތް ވެމްކޯއިން ފޯރުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް