ރާއްޖޭގައި ފަތުރުވެރިކަން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ސަރަހައްދުތަކުގައި އިންވެސްޓްމަންޓް އިތުރުކުރުމުގެ ގޮތުން، ކްރޮސް ސަބްސިޑީގެ ދަށުން ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ބައެއް ރަށްތަކުގެ ލީސް އެކުއިޒިޝަން އަގު ސަރުކާރުން ހެޔޮކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ސޭލް އަގުގައި ދޫކުރަމުން އަންނަ ފަސް އަތޮޅެއްގެ ރަށްތަކަށެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީން ރިސޯޓު ހަދަން ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ އަގު ހެޔޮކޮށްފައެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ އަތޮޅުތަކުން ދޫކުރާ ރަށްތަކުގެ އަގުން 25 ޕަސެންޓު ވަނީ ކަނޑާލާފައެވެ. ނަމަވެސް ފަޅުތައް ކުއްޔަށް ދޫކުރާ އަގަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓްރީން ގެނައި މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ރަށުގެ ބޮޑުމިނަށް ބަލައި ހެކްޓަރަކަށް ޖެހޭ ރޭޓު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
އެގޮތުން، ލ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކުން ރަށްތައް ދޫކުރާ ބޭސް ރޭޓު ނުވަތަ ފަށާ އަގު މިހާރު ވަނީ ފަސް ލައްކަ ޑޮލަރުން ހަތަރު ލައްކަ ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ހެކްޓަރަކަށް ޖެހޭ ރޭޓު ވަނީ 35،000 ޑޮލަރުން 25،000 ޑޮލަރަށް ދަށްކޮށްފައެވެ.
މީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގެ ބޭސް ރޭޓު ވަނީ އަށް ލައްކަ ޑޮލަރުން ހަތް ލައްކަ ޑޮލަރަށް ކުޑަކޮށްފައެވެ. އަދި އެ އަތޮޅުގެ ރަށްތަކުގެ ހެކްޓަރަކަށް ޖެހޭ ރޭޓު ވަނީ 75،000 ޑޮލަރުން 60،000 ޑޮލަރަށް ހެޔޮކޮށްފައެވެ.
މި އުސޫލަށް ގެނައި އިތުރު ބަދަލުތަކަށް ބަލާއިރު، ބޮޑެތި ރަށްތަކުން ކުރިން ނަގަމުން އައި 'ލޮކޭޝަން ޕްރީމިއަމް' މިހާރު ވަނީ 'ސައިޒް ޕްރީމިއަމް' އަށް ބަދަލުކޮށް، އެ އަގުތައް ވެސް ކުޑަކޮށްފައެވެ. ކުރިން 1 މިލިއަން ޑޮލަރު ނަގަމުން އައި ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ދެން 41 ހެކްޓަރަށް ވުރެ ބޮޑު ރަށަކުން ޕްރީމިއަމްގެ ގޮތުގައި ނަގާނީ ފަސް ލައްކަ ޑޮލަރެވެ.
މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ރިސޯޓުތައް މަދު ސަރަހައްދުތަކަށް އިންވެސްޓަރުން ޝައުގުވެރިކުރުވައި، އެ އަތޮޅުތަކުގެ ފަތުރުވެރިކަން ފުޅާކޮށް އިގްތިސާދީ ކުރިއެރުން ހޯދައިދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު