ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވިކަމަށް ކަނޑައަޅައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުންދާ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްއެސް ކުންފުނި މިއަދު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި އެމްއެސް ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ވެސް މިއަދުން ފެށިގެން ހިފަހައްޓާފައިވާކަމަށް ބުންޏެވެ.
އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު