ކަސްޓަމްސް ސީލްކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަން ތައްޔާރުވެފައި އޮތް ތިން ކޮންޓޭނަރުގެ ސީލް ކަނޑާލައި މުދަލަށް ގެއްލުން ދިން ޗައިނާގެ ތިން މީހަކު ހައްޔަރުކޮށްފިއެެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޝިލޯންގ ސޮންގް(26އަހަރު) އާއި ޓިއަން(40އަހަރު) އަދި ޔޮންގ ގު(55އަހަރު)އެވެ.
އެ މައްސަލައާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި އެ ތިން މީހުން ކޮންޓޭނަރުތަކުގެ ސީލް ކަނޑާލައި މުދަލަށް ގެއްލުން ދިން ސަބަބެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު