އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ގްރޫޕް (ޑަބްލިއުބީޖީ) ގުޅިގެން ބޭއްވި އަހަރީ ބައްދަލުވުމުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވެ މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މިމަހުގެ 12 އިން 18 އަށް ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ، ދުނިޔޭގެ މާލީ އިދާރާތަކާއި އެކި ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ޑެޕިއުޓީ ގަވަރުނަރު އަލްފާޟިލާ ޢާއިޝަތު އަސްނާ ޙަމްދީއެވެ. މި ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރ، ބޭންކިންގ އެންޑް މާކެޓް އޮޕަރޭޝަންސް، ޢާއިޝަތު ނާދިޔާ އާއި، އިކޮނޮމިކް ސަވައިލެންސް އެންޑް ފޯކާސްޓިންގ ސެކްޝަންގެ އިކޮނޮމިސްޓް ޟަޙާ ޝުޢައިބާއި، ބޭންކްސް އޮފްސައިޓް ސުޕަވިޜަން ސެކްޝަންގެ މެނޭޖަރ ފަޞާޙަތު ޞަބީޤްގެ އިތުރުން ގަވަރުނަރުގެ އޮފީހުގެ އެސިސްޓެންޓް މެނޭޖަރ މޫހަތު މުޙައްމަދު ރަޝީދެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމްއެމްއޭގެ ވަފުދުން ވަނީ އައިއެމްއެފް، ވޯލްޑް ބޭންކް ގްރޫޕް، ސަރަޙައްދީ ބައިވެރިން، ބައިނަލްއަޤްވާމީ މާލީ އިދާރާތައް އަދި އިޤްތިޞާދީ ދާއިރާގެ މުހިންމު އެހެނިހެން ފަރާތްތަކާއެކު އުފެއްދުންތެރި، ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެމްއެމްއޭ އިން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދުނިޔެއާއި ސަރަޙައްދީ ފެންވަރުގައި އިޤްތިޞާދީ އަދި މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމުގެ މައްޗަށެވެ. މީގެއިތުރުން، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކުން ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މިފަދަ ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ މާލީ އިދާރާތަކާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށް އެމްއެމްއޭ އިން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު