ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. މީގެ އިތުރުން ވެސް މި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އަތުލައިގަތް މީހުންގެ ތެރޭގައި ސްރީލަންކާއަށް ނިސްބަތްވާ ދެ މީހަކު ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 02:14 އެހައިކަންހާއިރުއެވެ. އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޓީމަކަށް، ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ޚިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް ފެނިގެން ވަނީ ހުއްޓުވާފައެވެ. ސައިކަލު ހުއްޓުވައި ޗެކްކުރިއިރު، އެ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު ޓޯ ޔާޑަށް ގެންގޮސްފައެވެ.
ފުލުހުން އިތުރަށް ބުނީ، ޓޯ ޔާޑަށް ގެންދިޔުމަށްފަހު ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި، އޭގެ އިންޖީނު ނަންބަރު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ފުލުހުންގެ ސިސްޓަމް މެދުވެރިކޮށް ސައިކަލުގެ އަސްލު ނަންބަރުތައް ބެލުމުން، އެއީ ވައްކަންކޮށްފައިވާ ސައިކަލެއްކަން ވަނީ ޔަގީންވެފައެވެ.
މި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކޮށް އަދި އޮޅުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު