އަޝްވާގް ފައުޒީ   17 އޮކްޓޯބަރު 2026 - 2:22
އިސްރާއީލުގެ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ލީޑަރު ޔާއިރު ގޯލަން
އިސްރާއީލުގެ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ލީޑަރު ޔާއިރު ގޯލަން
އިސްރާއީލުގެ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ލީޑަރު ޔާއިރު ގޯލަން ވިދާޅުވި ގޮތުގައި އީރާނުގެ ރޫހީ ލީޑަރު އަޔަތުއްﷲ އަލީ ޚާމަނޭއީ އަވަހާރަކޮށްލުމަކީ ހެދުނު ބޮޑު ގޯހެކެވެ.

އޭނާ މިހެން ވިދާޅުވީ، އިސްރާއީލުން ޚާމަނޭއީ އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ގޯލަން ފާހަގަކުރެއްވި ގޮތުގައި، ޚާމަނޭއީ އަވަހާރަކޮށްލުމަކީ ގޯހެކޭ ވިދާޅުވަނީ އޭނާއަށް މަރުގެ އަދަބު ހައްގުނުވާތީއެއް ނޫނެވެ.

ނަމަވެސް، އެއީ އިސްރާއީލު ދައުލަތުގެ މަސްލަހަތަށް އެއްވެސް ފައިދާއެއް ކުރާނެ ކަމަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގޯލަން ވިދާޅުވީ، އުމުރުން ދުވަސްވީ އަދި ތަޖުރިބާކާރު ލީޑަރަކު ހުރުމަކީ އޭގެ ސަބަބުން ވަކި ފައިދާތަކެއް ލިބޭ ކަމެއް ކަމަށެވެ.

އަދި ޚާމަނޭއީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުގެ ވެރިކަމަށް އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނޭއީ ވަޑައިގަތުމުން، އެ ގައުމުގެ ލީޑަރޝިޕް ކުރިއަށްވުރެ ހައްދުފަހަނައަޅާފައިވާ އަދި ނުރައްކާތެރި ބަޔަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު