ގއ. ވިލިނގިލީގައި ސަރުކާރުން އިމާރާތްކުރަމުން އަންނަ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ އެންމެ ފަހުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، މި ހިނގާ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ މަޝްރޫޢު އެއްކޮށް ނިންމައިލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ވިލިނގިލީގެ މި މަރުކަޒުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފިނިޝިންގ މަސައްކަތްތަކެވެ. އަދި މި މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މި މަސް ނިމުމުގެ ކުރިން މަރުކަޒު ފުރިހަމައަށް ތައްޔާރުވާނެ ކަމަށް ވުޒާރާއިން ބަޔާންކުރެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤުރުއާނުގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން، ޖުމްލަ 15 ގޮތްޕެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށްގެންދާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ޖުލައި މަހު އިއުލާނުކޮށްފައެވެ. މި މަޝްރޫޢުތަކަކީ އެކި ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތްތަކެކެވެ. މީގެ އިތުރުން އަލަށް ބިނާކުރެވޭ އިސްލާމީ މަރުކަޒުތަކުގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށް، ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ލޯބިކުރާ، އަދި ކީރިތި ޤުރުއާނަށް އަހުލުވެރި ޖީލެއް މުޅި ރާއްޖޭގައި ބިނާކުރުމެވެ.
ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުން އަންނައިރު، ޤައުމީ ޤުރުއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން ބާއްވާ، އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ ޤައުމީ މުބާރާތުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ދޭ ޚާއްޞަ އެލަވަންސް ދެގުނައަށް ބޮޑުކޮށް، ހިފްޒު އިމްތިޙާނު ކުރާ ކޮމިޓީތަކުގެ އަދަދު އިތުރުކުރުން ފަދަ ގިނަ ހެޔޮ ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު