ފަލަސްތީނުގެ ނޫސްވެރިޔާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ސޯލިހު އަލްޖަޢުފަރާވީ
ފަލަސްތީނުގެ ނޫސްވެރިޔާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ސޯލިހު އަލްޖަޢުފަރާވީ
ފަލަސްތީނުގެ ނޫސްވެރިޔާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޞާލިހު އަލްޖަޢުފަރާވީގެ އަޑު ހިމޭންވިތާއަށް މިއަދަކީ އެއް އަހަރު ފުރުނު ދުވަހެވެ.

ޣައްޒާގެ ހަގީގީ ހާލަތާއި ރައްޔިތުން ތަހައްމަލު ކުރަމުންދިޔަ އުނދަގޫތައް މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގެ މަތިވެރި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އޭނާ ޝަހީދުކޮށްލެވުނީ ޣައްޒާ ސިޓީގައެވެ.

އުމުރުން އެންމެ 28 އަހަރުގައި ޞާލިހު ވަކިވެދިޔައީ ފަސްޖެހުމެއްނެތި، ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމުންދަނިކޮށް އިޒްރާއިލްގެ ސިފައިން ދިން ހަމާލާއެއްގައެވެ.

އޭނާގެ އެންމެ ފަހު ވަގުތުތަކުގައިވެސް ފެނިގެންދިޔައީ ނޫސްވެރިއެއްކަން އަންގައިދޭ "ޕްރެސް" ޖެކެޓު އަޅައިގެން، ކުރަންޖެހުނު މަސައްކަތުގައި ސާބިތުވެ ހުރި ތަނެވެ.

މައިދާނުގައި ހުރެގެން އޭނާ ކުރި ހިތްވަރުގަދަ ރިޕޯޓިންގްތަކާއި ގެނެސްދިން ހަބަރުތަކުގެ ސަބަބުން މުޅި ދުނިޔޭގެ މިލިއަންސް ހިތްތަކަށް އަސަރުކުރުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް