ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ތަހުގީގުކުރި މައްސަލައިގައި، އެކަށީގެންވާ ޖިނާއީ އަމަލެއް ހިންގާފައިވާ ކަމަށް ބުރަނުވެވޭތީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ފައިލްކޮށްފިއެވެ.
މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު، ޑރ. އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ. ނަމަވެސް، ޕީޖީ އޮފީހާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، މި މައްސަލައިގައި ޖިނާއީ ކުށެއްގެ އަމަލެއް އެކުލެވިގެންވާ ކަމަށް ބުރަނުވެވޭތީ އަދި އެފަދަ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ނެތުމުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި ޕީޖީގެ އެ ނިންމުމާ ގުޅިގެން މައްސަލަ މިހާރު ވަނީ ރަސްމީކޮށް ފައިލްކޮށްފައެވެ.
މަގާމުގެ ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ޑރ. އަޒްމިރަލްދާގެ މައްޗަށް ކުރެވުނީ، އޭނާގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ޑރ. އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށް، ޖިނާއީ ތަހުގީގެއް ފެށިއެވެ. އަދި އެ ދުވަސްވަރު ސަސްޕެންޑުކުރި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަޒްމިރާލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، އެ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށްދިޔަ ގޮތާ މެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށް، އެ މަސައްކަތް ހުއްޓާލުމަށް އޭރު ގޮވާލާފައިވެއެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން ޑރ. އަޒްމިރަލްދާ އޭރު ނެރުއްވި ބަޔާނެއްގައި، އޭނާ މަގާމުން ވަކިކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރި ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ޝަރުއީ ދާއިރާގައި ހޭދަކުރެއްވި 24 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި، ދުވަހަކު ވެސް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ ފައިދާއަކަށް ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ވެސް އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށް އެ ކަމަނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު