ދިވެހި ފުލުހުންގެ ޚިދުމަތުގައި މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
ފުލުހުން މިއަދު ބުނީ، އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ކަމަށެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ކުލައާއި މެޑަލް ޙާޞިލުކުރި ހުރިހާ ފުލުހުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ހުރިހާ ފުލުހުންވެސް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެ، އެދިވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 130 ފުލުހަކަށް ކުލަ އަދި 86 ފުލުހަކަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ.
މީގެއިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 40 ފުލުހަކަށް ކުލަ އަދި 49 ފުލުހަކަށް މެޑަލް ހަވާލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު