ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކޮށް، އެ މަޝްރޫޢުތައް ތަންފީޒު ކުރުމުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވަނީ ޙިއްޞާ ކުރަށްވާފައެވެ.
އަދި މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް ކަންކަން އަވަސްކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާފައެވެ.
ރައީސް އޮފީހުން ބުނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މުދަލާއި ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ވަނީ އެކަށީގެންވާ ހައްލުތަކެއް ހޯދިފައި ކަމަށެވެ. އެހެންކަމުން، އެ ދަތިތަކާ ހުރެ މަޑުޖެހިފައިހުރި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، ވަކިވަކި މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު، ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންނަށް ބާރުއަޅުއްވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު