މާލޭގެ ސޯސަންމަގުގައި މިދިޔަ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަން އެވެ. މި އެކްސިޑެންޓާ ގުޅިގެން އޭނާ ހައްޔަރުކޮށް، ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދިނީ 15 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން މިއަދު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އެގޮތުން އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ އެއްވެސް ލައިސެންސެއް ނެތި، މަގުމަތީގައި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިވާ ގޮތަށް ސައިކަލު ދުއްވި މީހެއްކަން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، އޭނާއަކީ ލައިސެންސް ނެތި ދުއްވައިގެން ހަމައެކަނި މި އަހަރުގެ ތެރޭގައި ވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި ޖޫރިމާނާކޮށްފައިވާ މީހެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 01:12 ހާއިރު ސޯސަންމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނެކެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ހަވީރު ނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާއެވެ. އޭނާއަކީ މީގެ ނުވަ މަސް ކުރިން މޯލްޑިވްސް އިމިގްރޭޝަނާ ގުޅި، އެ އިދާރާގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު