ރަސްމާލެ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށާއި، ދިވެހި ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލާއްބާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ޖުމްލަ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދާ ކުންފުނީގެ އެންމެ އިސްވެރިޔާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ނޫސްވެރިންނަށް ޚާއްޞަކޮށްގެން މިއަދު މެންދުރުފަހު ބާއްވާ ފަރިއްކޮޅެއްގައި އަލާއްބާރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މީޑިއާތަކަށް މުހިންމު އިންޓަވިއުތަކެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
ދިވެހި ސަރުކާރުން އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ 1010 ހެކްޓަރު ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަންޒިލެއް ތަރައްޤީކޮށް ހިންގާނީ އެ ކުންފުނިންނެވެ. މި މަޝްރޫޢުގައި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، ރަސްމާލޭގެ އަމަލީ މަސައްކަތް ސައިޓުގައި ސީދާ ފެށުމުގެ ކުރިން، އީގަލް ހިލްސްއިން ހުޅުމާލޭގައި 5،000 ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިއީ މި ބިޔަ މަޝްރޫޢުގެ އިބްތިދާއީ މަރުޙަލާގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެކެވެ.
"މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫޢެކެވެ. މިގޮތުން މަޝްރޫޢުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބިގެންދާއިރު، ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބި، 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު މުޅި ރާއްޖެއަށް އުފެދިގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.
އަލައްބާރު ރާއްޖެ ވަޑައިގެންފައިވާއިރު، ރަސްމާލެއިން އީގަލްހިލްސް ކުންފުންޏަށް ބިން ދިން މައްސަލަ ބާތިލުކުރަން މިހާރުވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.
ޤާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުއްޔަށް ދިނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން އެހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު ކުރެވެނީ 49 އަހަރަށެވެ. ސްޕެޝަން އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީންނަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އަދި އެ މުއްދަތު އިތުރުކުރެވެނީ 33 އަހަރަށެވެ.

ކިޔުންތެރިންގެ ހިޔާލު