ހަށިގަނޑުގެ ދުޅަހެޔޮކަމަށް އިސްކަންދީގެން އަޅާ ކޮންމެ ފިޔަވަޅަކީ ހަމައެކަނި އަމިއްލަ ނަފްސަށް އޮތް ރައްކާތެރިކަމެއް ނޫން ކަމަށާއި، އެއީ ތިމާދެކެ ލޯބިވާ ޢާއިލާއާއި ގާތްތިމާގެ މީހުންގެ ޙައްޤުގައި ނިންމޭ އެންމެ އަގުހުރި އެއް ނިންމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވި "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ހަށިގަނޑުން ފެންނަ އާދަޔާ ޚިލާފު ކުދިކުދި އަލާމާތްތަކާމެދު އިހުމާލުނުވެ، ވީ އެންމެ އަވަހަކަށް ޑޮކްޓަރުންގެ އިރުޝާދު ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ކޮންމެ އަންހެނަކުވެސް ތިމާގެ ޞިއްޙަތާމެދު އުފެދޭ ޝައްކުތަކާއި ކަންބޮޑުވުންތައް ފަސްނާޅައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެކަމަނާ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.
މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، އަންހެނުން އަމިއްލަ ޞިއްޙަތަށް ހޭލުންތެރިވެ ކުރިއަށް ނުކުތުމަށް ހިތްވަރުދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. އަދި އެކަނބަލުން އެދިގެން އަންނަ ހިނދު، ފަސްޖެހުމެއް ނެތި ފުރިހަމަ ފަރުވާއާއި އެހީތެރިކަން ދެވޭނެ ފަދަ ހަރުދަނާ ޞިއްޙީ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ބަލި ދެނެގަތުމަށް ބޭނުންވާ މެމޮގްރަފީއާއި، ސްކޭނާއި، ޓެސްޓުތައް ހެދުމުގެ ފެންވަރު ރަނގަޅު ވަސީލަތްތައް ޤައުމުގައި ހުރުމަކީ ކޮންމެހެން ލާޒިމު ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ބަލީގެ ކުރީކޮޅު ނުރައްކާތައް ދެނެގަތުމަށް ލިބިފައިވާ ފަސޭހަތަކަކީ ޞިއްޙީ ދާއިރާއަށް އައި އިންގިލާބީ ބަދަލެއް ކަމަށް މެޑަމް ވިދާޅުވިއެވެ. މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ޝައްކުތައް ފިލައިގޮސް، ފަރުވާގެ ރަނގަޅު މަގު ޚިޔާރުކުރުމަށް އެހީތެރިވެދޭ ކަމަށާއި، މިފަދަ އައު އީޖާދުތަކާއި ޓެކްނޮލޮޖީއަށް ދެވޭ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެ ޒަމާނީ އާލާތްތައް ހުރި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މަންފާ ޙާޞިލުވާނީ އެ ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށް، ނަތީޖާތައް ދެނެގަންނަން އެނގޭ ފަދަ ޤާބިލު، ހުނަރުވެރި ޞިއްޙީ ޚިދުމަތްތެރިން ބިނާކުރެވިގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ބައްޔެއް ދެނެގަނެވޭ ހިސާބުން ފެށިގެން، ބަލިމީހާގެ ޙާލަތަށް ފުރިހަމައަށް ރިޢާޔަތްކޮށް، ލަސްނުކޮށް ރޭވުންތެރިކަމާއެކު އަވަސް ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު