ރ. އުނގޫފާރު ސްކޫލުގައި އިމާރާތްކުރަމުންދާ 8 ކްލާސްރޫމްގެ އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން، އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ތަނބުތަކަށް ބޭނުންވާ ރީއިންފޯސްމަންޓް އެރުވުމާއި، ޝަޓަރިންގ އެޅުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އުނގޫފާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި 8 ކްލާސްރޫމްގެ މި އިމާރާތް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރެވުނީ 2021 ވަނަ އަހަރު ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް، އެ ކުންފުންޏަށް އެކަށީގެންވާ ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރައްވާފައެވެ.
އޭގެ ފަހުން، މި މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެއްވިއެވެ. އަދި އެ ކުންފުނިން މަސައްކަތާ ހަވާލުވެ، މިހާރު އަންނަނީ ތާވަލާ އެއްގޮތަށް ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
އުނގޫފާރު ސްކޫލަކީ ގިނަ އަދަދެއްގެ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ސްކޫލަކަށް ވުމާއެކު، މި 8 ކްލާސްރޫމްގެ އައު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ވީ އެންމެ އަވަހަކަށް މި މަޝްރޫޢު ނިންމައި ދަރިވަރުންގެ ބޭނުމަށް އިމާރާތް ހުޅުވައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު