މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދިވެހި އަންހެން ދަރިވަރު، ސ. ހިތަދޫ، މާރިޝް، އާމިނަތު އިމީލީ ނާޒިމް (21އ) ގެ ކަށުނަމާދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
ހައިކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި އިމީލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު، ސެލެންގޯގެ ސުބަންގް ޖާޔާގައި ހުންނަ މަސްޖިދު އަލްއިރުޝާދުގައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން މި ކަށުނަމާދުގައި ބައިވެރިވެދެއްވުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ ކަށުނަމާދުގެ މައުލޫމާތު
ހިތާމަވެރި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރުއެވެ. އިމީލީ ނިޔާވީ މޯލްއަކަށް ދިއުމަށްފަހު އިތުރު ދިވެހި ކުއްޖަކާއެކު އެނބުރި ގެއަށް ދިޔުމަށް ދަތުރުކުރި ޓެކްސީ އެކްސިޑެންޓު ވެގެންނެވެ.
މި ހާދިސާއާ ގުޅިގެން ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ވިދާޅުވީ، އެކްސިޑެންޓް ހިނގީ ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށް ކަމަށެވެ. އެގޮތުން، 37 އަހަރުގެ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދިޔަ ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވީ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މި އެކްސިޑެންޓުގައި ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުމުގެ ސަބަބުން ކާރުގެ އެތެރޭގައި ތާށިވި އިމީލީ ވަނީ ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާ ދިނުމުގެ ކުރިން، ހާދިސާ ހިނގި ތަނަށް ނިޔާވެފައެވެ. މި ހާދިސާގައި ޓެކްސީގައި ދެން އިން ދިވެހި ދަރިވަރަށް މާ ބޮޑެތި އަނިޔާތަކެއް ނުވެ ވަނީ ސަލާމަތްވެފައެވެ.
ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން އެކްސިޑެންޓްވި ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ދިވެހި ދަރިވަރުން ގޮވައިގެން ދަތުރުކުރި ޓެކްސީ ޑްރައިވަރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގު ހިންގުމަށްޓަކައި އެ ޑްރައިވަރު ހަތަރު ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ސުވާލުކުރުމުގެ ހުއްދަ ކޯޓުން މިހާރު ވަނީ ފުލުހުންނަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު