ތިން ރަށެއްގައި ލެބޯޓަރީ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ލެބޯޓަރީ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ ތ. ވަންދޫ، އދ. ދިއްދޫ އަދި ބ. ފުޅަދޫގެ ސިއްހީ މަރުކަޒުންނެވެ.
އަދި އެ މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މިހާތަނަށް ލެބޯޓަރީގެ ހިދުމަތް ލިބެން ނެތް 76 ރަށެއްގައި މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
އެގޮތުން މި ސަރުކާރުން ވަނީ 21އަށް ވުރެ ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހުޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު