އިސްރާއިލުގެ ސިފައިންގެ މީހަކު އަންހެނަކަށް ފުރައްސާރަކުރަނީ
އިސްރާއިލުގެ ސިފައިންގެ މީހަކު އަންހެނަކަށް ފުރައްސާރަކުރަނީ
އިސްރާއީލާމެދު އެންމެ ނުރުހުންބޮޑު 15 ގައުމުގެ ލިސްޓު އާންމުކޮށްފިއެވެ.

ޕިއު ރިސާޗް ސެންޓަރުން 2026 ވަނަ އަހަރު ނެރުނު ސާވޭއަކުން ދައްކާގޮތުގައި އިސްރާއީލާމެދު އެންމެ ނުރުހުންބޮޑު 15 ގައުމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ތުރުކީވިލާތެވެ.

އެ ގައުމުގެ އާބާދީގެ 97 އިންސައްތަ މީހުން އިސްރާއީލާމެދު ނޭދެވޭ ނަޒަރިއްޔާތެއް ގެންގުޅޭއިރު، 95 އިންސައްތައާއެކު ދެވަނައިގައި އޮތީ ޕާކިސްތާނެވެ.

މީގެ އިތުރުން މެލޭޝިޔާއިން 89 އިންސައްތަ ނުރުހުން ރެކޯޑުކުރެވިފައިވާއިރު، އިންޑޮނޭޝިޔާގައިވެސް އިސްރާއީލަށް އޮތް ނުރުހުން ވަނީ 86 އިންސައްތައަށް އަރާފައެވެ.

މިއާއެކު އެޝިޔާއާއި އޫރޫޕުގެ ގައުމުތަކުގައިވެސް އިސްރާއީލާމެދު އޮތް ނުރުހުންތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަން މި ސާވޭއިން ހާމަވެއެވެ.

އެގޮތުން ޖަޕާނުގެ 83 އިންސައްތަ، އޮސްޓްރޭލިޔާގެ 79 އިންސައްތަ އަދި ސުވިޑަންގެ 78 އިންސައްތަ މީހުން އިސްރާއީލާމެދު ނުރުހުން ފާޅުކޮށްފައިވެއެވެ.

އަދި ޖަރުމަނުވިލާތުން 73 އިންސައްތަ ނުރުހުން ރެކޯޑުކުރެވިފައިވާއިރު، މި ލިސްޓު ނިންމާލަނީ 70 އިންސައްތައިގެ ނުރުހުމާއެކު ދެކުނު ކޮރެޔާއާއި ޕޯލަންޑެވެ.



ކިޔުންތެރިންގެ ހިޔާލު