ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަކީ ބާ ކައުންސިލަށް އެއްވެސް ކަމެއް އެންގުމުގެ އެއްވެސް ބާރެއް ޤާނޫނީ ގޮތުން ލިބިގެންވާ ތަނެއް ނޫން ކަމަށް ބާ ކައުންސިލްގެ ކުރީގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ގާނޫނީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސީނިއަރ ވަކީލު މައުމޫން ހަމީދު މިހެން ވިދާޅުވީ، ގާނޫނީ ދާއިރާގެ އިމްތިހާނުތައް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރަން އަންގަން އިއްޔެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މައުމޫން ހަމީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ބާ ކައުންސިލަކީ ގާނޫނުން އުފައްދާފައިވާ، އަމިއްލައަށް ކަންކަން ނިންމައި ހިންގުމުގެ އިޚްތިޔާރު (ސެލްފް ރެގިއުލޭޓިންގ) ލިބިފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ. ހަމައެއާއެކު، ގާނޫނީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށާއި ގާނޫނީ ވަކީލުކަމުގެ ދާއިރާއަށް ވަނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް އެއްވެސް އެންގުމެއް އެންގުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބިގެން ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އެ މިންގަނޑުތައް ދަށްކުރުމަށް ޖުޑިޝަރީ ކޮމިޓީން އަންގާފައިވާ އެންގުމަކީ ގާނޫނީ ވަކީލުންގެ މިނިވަންކަމުގެ ތެރެއަށް އަތްބޭނުން އެކަނި ނޫން ކަމަށާއި، އެއީ ގާނޫނީ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކަކަށް އުއްމީދުކުރާ އާންމު ރައްޔިތުންނަށްވާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
ބާ ކައުންސިލުން ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން މިހާރު ކިޔަވަމުންދާ ބައެއް ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން، ޖުޑިޝަރީ ކޮމިޓީން ވަނީ އާ އުސޫލަށް ޢަމަލު ކުރުމުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމަށް ކައުންސިލަށް އެންގުމަށް ނިންމާފައެވެ. ނަމަވެސް ގާނޫނީ ދާއިރާގެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ކޮމެޓީގެ އެ ނިންމުމަކީ ގާނޫނީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ބާ ކައުންސިލަށް ލިބިދީފައިވާ މިނިވަން ބާރުތަކަށް ކޮމިޓީން ނުފޫޒު ފޯރުވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު