ގައުމެއްގެ މުސްތަގުބަލު ބިނާކުރުމުގައި މުދައްރިސުން އަދާކުރާ މަތިވެރި ހިދުމަތަށް ހައްގު ޝުކުރެއް ދެންނެވުމަކީ ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މުދައްރިސުންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދުގެ ޕޯސްޓުގައި، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އިއްޔެއާއި މިއަދުގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށް މުދައްރިސުން އެ ކުރައްވާ މަތިވެރި ހިދުމަތަށް ހައްގު ޝުކުރު ދެންނެވުމީ ވާނެ ކަމެއް ނޫން ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، ޤައުމު ބިނާކުރުމުގައްޔާއި އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރު މުޅި މުޖުތަމަޢުން އަބަދުވެސް ބަލައިގަނެ، އެކަމުގެ އަގު ވަޒަންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު