ވ. ރަކީދޫގެ ރައްޔިތުން އެއްބަސްވާ ނަމަ، މާލެއާ ކައިރި ސަރަހައްދަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު، ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ރަކީދޫ ރައްޔިތުން މިހާތަނަށް ބަދަލުނުކުރެވި އޮތީ އެ ރަށުގެ ހުރިހާ ރައްޔިތުން އެ ކަމަށް އެއްބަސްނުވާތީ ކަމަށެވެ. އަދި ރައްޔިތުން އެއްބަސްވެ ބަދަލުވާން ބޭނުންވާ ނަމަ، ރަސްމާލެ ނޫނަސް، ވީހާވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަހައްދަކަށް އެ މީހުން ބަދަލުކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރަކީދޫ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ގަދަކަމަކުން އެއްވެސް ރައްޔިތެއް ބަދަލެއް ނުކުރާނަން." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ރަކީދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދެއްކި ބޭފުޅަކު ވިދާޅުވެފައިވަނީ، އެރަށުގައި މިވަގުތު ދިރިއުޅެމުންދަނީ 61 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 41 މީހުން ބޭނުންވަނީ ކ. ތުލުސްދުއަށް ބަދަލުވާން ކަމަށާއި، އަނެއް 19 މީހުން ބޭނުންވަނީ މާލެ ކައިރިން ހިއްކާފައިވާ ތަނަކަށް ބަދަލުވާން ކަމަށާއި، ރަށުން ބަދަލުވާން ބޭނުން ނުވަނީ އެންމެ މީހެއްކަން އޭނާ ފާހަގަކުރިއެވެ.
މީގެއިތުރުން، އެހެން ރަށަކަށް ރައްޔިތުން ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން، މ. ރަތްމަންދޫ ރައްޔިތުންނަށް ކ. ތުލުސްދޫން ގޯތި ދީގެން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުށަހަޅާފައިވާ ޕްރޮޕޯސަލެއް މިހާރު އިވެލުއޭޓް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު މުއްޠަލިބު މިއަދުގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު