ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ދެ ގޮފި ރ. އަތޮޅުގައި ހުޅުވައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރ. ހުޅުދުއްފާރާއި، ރ. ރަސްމާދޫގައި ބިނާކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ދެ ގޮފި މިއަދު ހުޅުވާފައިވާ ކަމަށެވެ.

އެގޮތުން ރ. ހުޅުދުއްފާރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވީ ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޛް ޢަބްދުލްޣަފޫރުއަޙްމަދެވެ. މި ރަސްމިއްޔާތުގައި ހުޅުދުއްފާރު ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

އަދި ރ. ރަސްމާދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޛް ޢަބްދުލްޣަފޫރުއަޙްމަދާއި ރަސްމާދޫ ކައުންސިލުގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުލްޙަމީދު ޙަސަން އެވެ. މި ރަސްމިއްޔާތުގައި ރަސްމާދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ހުޅުވުން ދެ ގޮފި ކަމަށެވެ. މިއީ ސަރުކާރުން ބިނާކުރި 11 އަދި 12 ވަނަ ގޮތްޕެވެ. މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ކ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވާފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާ ފުޅާކޮށް، ހިލޭ ކިޔަވައިދޭ ޤުރުއާން ކުލާސްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު