ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގަ އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ތައުރީފުކޮށް، ދުނިޔޭގެ މަޝްހޫރު ވިޔަފާރި މަޖައްލާ 'ފޯބްސް' ގެ ޖޯޖިއާ އެޑިޝަންގައި ޝާއިއުކުރި ލިޔުން އެ ނޫހުގެ ވެބްސައިޓުން ނަގައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ފައިސާ ދީގެން ޕްރޮމޯޝަނަލް ކޮންޓެންޓެއްގެ ގޮތުގައި މިދިޔަ ޖޫން މަހު ޝާއިއުކުރި އެ ލިޔުމުގައި އަލިއަޅުވާލާފައިވަނީ އަދީބު ސިޔާސީ މައިދާނުގައި ހޯއްދެވި ކުރިއެރުމާއި، ރިޔާސީ ލޯންޗުކޮޅު 'ފިނިފެންމާ' ގެ ގޮވުމަށްފަހު ކުރިމަތިވި ވެއްޓުމުގެ އިތުރުން، އޭގެ ފަހުން އޭނާގެ ދިރިއުޅުން އަލުން ބިނާކުރަން ފެއްޓެވި ގޮތުގެ މައްޗަށެވެ.
އެ ލިޔުން ޝާއިއުވުމާ އެކު، އޭނާ ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްފައިވާތީ އަދީބު ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރައްވައި ފޯބްސްއަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
ނަމަވެސް، މިހާރު އެ ލިޔުން ވަނީ އެ މަޖައްލާގެ ވެބްސައިޓުން ފޮހެލާފައެވެ. އަދި ލިޔުން ނެގި ސަބަބު ބަޔާންކޮށް ފޯބްސް އިން ބުނެފައިވަނީ، އެ ލިޔުމުގައި ހުރި މަޢުލޫމާތުތަކާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް އުފެދިފައިވާތީ އެ މައްސަލަ އަލުން މުރާޖައާ ކުރަމުންދާ ކަމަށެވެ. މީގެއިތުރުން އެ ލިޔުމަކީ އެ މަޖައްލާގެ އެޑިޓޯރިއަލް އަދި އިސްތިހާރުކުރުމުގެ މިންގަނޑުތަކަށް ފެތޭ ލިޔުމެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ނޫހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު