ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ކުރީގެ ފޯނުން ކޮށްފައިވާ ކަމަށް ބުނާ މުޢާމަލާތްތަކެއް މީސްމީޑީއާގައި ލީކުކޮށްފައިވާ މި ދަނޑިވަޅުގައި އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވަނީ ޒިންމާދާރު ވަޒީފާތަކުގައި ތިބި ފަރާތްތަކުން އިންޓެގްރިޓީ ކޮބާތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.
މި ހަފްތާގައި ރާއްޖޭގެ މީސްމީޑިއާގައި އެންމެ ބޮޑަށް ދައުރުވަމުން އަންނަ އަދީބުގެ ފޯނުގެ މެސެޖްތަކުގައި ގިނަ ޢަދަދެއްގެ މަޢުލޫމާތުތަކެއް ހުރިއިރު އޭގައި އޭރާއި މިހާރުގެ ސިޔާސީ އަދި އެހެނިހެން ނުފޫޒުގަދަ މީހުނާއި އަދީބާއި ދެމެދު ބަދަލު ކޮށްފައިވާ ގިނަ ޢަދަދެއްގެ މުޢާމަލާތްތަކެއް ހިމެނެއެވެ. ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުން ލީކު ކޮށްލާފައިވާ ރިޕޯޓުން ފެންނަ ގޮތުން އެއީ، 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގާފައިވާ މުޢާމަލާތްތަކެކެވެ.
އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ ފަރަޑޭ ފޮރެންސިކްސް އިން 2015 ވަނަ އަހަރު ނެގި މަޙުލޫމާތުތައް ހިމެނޭ ޖުމުލަ 2،973 ސަފުހާގެ އެ ރިޕޯޓުގައި 81،167 މެސެޖު އެބައޮތެވެ.
ލީކުވެފައިވާ މެސެޖްތަކުން އެނގޭ ގޮތުގައި ބައެއް ބޭފުޅުން ވަނީ ޢުމްރާގައި ތިއްބަވައިގެންވެސް އަދީބުގެ އަތުން ފައިސާ ހޯއްދަވާފައެވެ. އަދި ސައިކަލު ގަތުމަށާއި، އެޕާޓްމަންޓްގެ ކުލި ދެއްކުމަށާއި، ދަތުރު ދިއުމަށާއި، ކޯޓް ކޭސްތަކަށް ފައިސާ ހޯއްދެވި ކަމަށް ބެލެވޭ މެސެޖްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ. މި މެސެޖުތައް ލީކުވުމާ ގުޅިގެން ސިޔާސީ އެތައް ބަޔަކަށް ވަނީ ތުހުމަތުތައް އަމާޒުވެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ފިރާގް ވިދާޅުވީ ހަގީގަތުގައިވެސް މިލީކުވި މެސެޖު ތަކުން ޒިންމާދާރު ވަޒީފާތަކުގަ ތިބި ގިނަ ބޭފުޅުން މިއޮއްގެން ބޮލާފޮށާ އެލެނީ ކަމަށެވެ. އަދި އެބޭފުޅުންގެ އިންޓެގްރިޓީ ކޮބާތޯ ވިދާޅުވެ ފިރާގް ވަނީ ސުވާލު ކުރައްވާފައެވެ.
"ވަރަށްވެސް ދެރަވަރު މިއީ، މަނަމަ ލަދުން ނުވެސް ނިދޭނެ" ފިރާގް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު