ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދެ ދާއިރާއަކުން 1.3 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ. އިޤްތިޞާދަށް މި ކުރިއެރުން މައިގަނޑު ގޮތެއްގައި ލިބިފައިވަނީ މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާއިންނެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރީ 25 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މީގެއިތުރުން، މި އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ ނިސްބަތް ވަނީ 12.3 އިންސައްތަ ދަށަށް ގޮސްފައެވެ.
އިޤްތިޞާދުގެ މައި އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިދިޔަ އަހަރާ އަޅައިބަލާއިރު އެ ދާއިރާ ވަނީ 34 އިންސައްތަ ދަށަށް ގޮސްފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވެސް ވަނީ ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު 3.9 އިންސައްތަ ދަށަށް ގޮސްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 1.5 މިލިއަން ފަތުރުވެރިންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޢިމާރާތްކުރުމުގެ ދާއިރާއާއި މާލީ ދާއިރާގެ ހަރަކާތްތައް އިތުރުވުމަކީ ޤައުމުގެ އިޤްތިޞާދު ހަމަހިފެހެއްޓުމަށް ލިބުނު ބޮޑު ބާރެއް ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު