އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ފުރަތަމަ ފަހަރަށް އެ އެޖެންސީގެ ޖެނެރަލް ކޮންފަރެންސްގެ 70 ވަނަ ރެގިއުލަރ ސެޝަންގައި ބައިވެރިވެއްޖެއެވެ.
ސެޕްޓެމްބަރ މަހުގެ 14 އިން 18 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މިއީ 4 ޑިސެމްބަރު 2025 ގައި ރާއްޖެ އައި.އޭ.އީ.އޭގެ މެންބަރަކަށް ވީފަހުން، އެ ޖަމިއްޔާގެ މިފަދަ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
މި ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ، ރާއްޖޭގައި ކެންސަރު ބަލި ދެނެގަނެ ފަރުވާ ދިނުމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ސާފު ހަކަތަ ކަށަވަރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ޓެކްނޮލޮޖީ ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުކުރުމަށް އެ އެޖެންސީއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ބޭނުންވާކަން ވެސް އެކަމަނާ ހާމަކުރެއްވިއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ކޮންފަރެންސްގެ ހަވާސާގައި ބޭއްވުނު މުހިންމު ބައްދަލުވުންތަކެއްގައި ވެސް ރާއްޖޭގެ ވަފުދުން ވަނީ ބައިވެރިވެފައެވެ. އެގޮތުން "ރޭސް އޮފް ހޯޕް އިނިޝިއެޓިވް" ގެ ދަށުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކެންސަރު ބަލީގެ ފަރުވާ ހަރުދަނާކުރުމާ ބެހޭގޮތުންނާއި، ރޭޑިއޯއެކްޓިވް ކުނި މެނޭޖުކުރުމުގައި ރެގިއުލޭޓަރުންނާއި ތަންފީޒީ އިދާރާތަކުގެ ދައުރު ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތަކުގައި ވަފުދުން ބައިވެރިވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމްބެސެޑަރ ޑރ. ސަލްމާ ވަނީ އައި.އޭ.އީ.އޭ ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީގެ އިތުރުން، އެ އެޖެންސީގެ ރެގިއުލޭޓަރީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އާރް.އައި.ޑީ.ޕީ) ޓީމާ ވެސް ބައްދަލުކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، އައި.އޭ.އީ.އޭ ގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ އެ އެޖެންސީއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއާއި، ސާފު ހަކަތަ، ރައްކާތެރިކަން އަދި ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު