ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ރޭ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ ހާލު ބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދ. މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިސޯޓުގެ ފިރިހެން މުވައްޒަފެކެވެ.

އެޗްއީއޯސީން ބުނީ، ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ދިވެއްސަކު ރޭ 9:45 އެހާކަންހާއިރު މަރުވެފައިވާ ކަމަށާއި، އެމީހާ ކޯވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 32 ދިވެހިންނާއި ހަ ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން