ޓޮމް ހޮލެންޑު
ޓޮމް ހޮލެންޑު
ޓޮމް ހޮލެންޑް ކުޅެފައިވާ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު ޖުމްލަ އާމްދަނީ 15.5 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރައި، ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިން އެކްޓަރުގެ ޝަރަފުވެރި މަގާމު އޭނާ ލިބުނުފަހަރެވެ.

މި ކާމިޔާބީ ހޮލެންޑަށް ލިބިފައިވަނީ، އޭނާގެ އެންމެ ފަހުގެ ފިލްމު "ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ" އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ބޮޑު ތަރުހީބާއި، ކްރިސްޓޮފާ ނޯލަންގެ "ދި އޮޑިސީ" އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.

"ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ" 2.6 ބިލިއަން ޑޮލަރާ ދިމާއަށް ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް މިހާތަނަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.4 ބިލިއަން ޑޮލަރު ލިބިފައެވެ. އަދި ސިނަމާތަކުގައި މި ފިލްމު އަޅުވާފައިވާ މުއްދަތު ނިމޭއިރު، ޖުމްލަ އާމްދަނީ 2.5 ބިލިއަނާއި 2.6 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ލަފާކުރުންތައް ހަގީގަތަކަށް ވެއްޖެނަމަ، މިއީ ތާރީޚުގައި ވެސް ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވެގެންދާނެއެވެ. މި ލިސްޓުގެ ކުރީގައި އޮތީ ޖޭމްސް ކެމަރަންގެ "އެވެޓާރ" އަދި "އެވެންޖާސް: އެންޑްގޭމް" އެވެ.

މީގެއިތުރުން، އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި އެ ފިލްމަށް މިހާތަނަށް 935.2 މިލިއަން ޑޮލަރު ލިބިފައިވާއިރު، "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް" އިން ހަދާފައިވާ 936.66 މިލިއަން ޑޮލަރުގެ ރެކޯޑު މުގުރާލުމާ ވެސް މި ފިލްމު ވަނީ ވަރަށް ގާތްވެފައެވެ.

ޓޮމް ހޮލެންޑް އެއްވަނައަށް މި ފަހުގެ ކާމިޔާބީތަކާއެކު، ހޮލެންޑް ވަނީ ޒޯއީ ސަލްދާނާ (15.47 ބިލިއަން ޑޮލަރު) އަދި ސްކާލެޓް ޖޮހެންސަން (15.4 ބިލިއަން ޑޮލަރު) ފަހަތަށް ޖައްސާލުމަށްފަހު ލިސްޓުގެ އެއްވަނަ ހޯދާފައެވެ. މިއީ "ސްޕައިޑާ-މޭން" ސީރީޒްގެ އިތުރުން، ދާދިފަހުން ނުކުތް "ދި އޮޑިސީ" (1.6 ބިލިއަން ޑޮލަރު) އަށް ލިބުނު ބޮޑު ތަރުހީބުގެ ނަތީޖާއެވެ.

އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިން ގަދަ 10 އެކްޓަރުން:

- ޓޮމް ހޮލެންޑް

- ޒޯއީ ސަލްދާނާ

- ސްކާލެޓް ޖޮހެންސަން

- ކްރިސް ޕްރެޓް

- ސެމިއުލް އެލް ޖެކްސަން

- ރޮބަޓް ޑައުނީ ޖޫނިއާ

- ޓޮމް ކްރޫޒް

- ކްރިސް ހެމްސްވާތު

- ވިން ޑީޒަލް

- ކްރިސް އެވަންސް

މި ލިސްޓުން ފާހަގަކޮށްލެވޭ އެއް ކަމަކީ މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ ނުފޫޒެވެ. ގަދަ ދިހައެއްގައި ހިމެނޭ ގިނަ ތަރިންނަކީ މާވެލްގެ ފިލްމުތަކުން ފެނިފައިވާ ފަރާތްތަކެވެ. މި ލިސްޓުގައި މާވެލް ފިލްމެއް ނުކުޅެ ހިމެނުނު ހަމައެކަނި ތަރިއަކީ ޓޮމް ކްރޫޒްއެވެ.

މި ކާމިޔާބީން ހާމަވަނީ، ހަމައެކަނި ސުޕަހީރޯ ފިލްމުތަކުގެ އިތުރުން، އެހެނިހެން ޖޯންރާތަކުގެ ފިލްމުތަކުގައި ވެސް ބެލުންތެރިންގެ މެދުގައި ޓޮމް ހޮލެންޑަށް އޮތް މަގުބޫލުކަން އިތުރުވަމުންދާ ކަމެވެ.



ކިޔުންތެރިންގެ ހިޔާލު