ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރ. ފުއްގިރީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އުސް ޓަވަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 25 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
ފުލުހުން ބުނޚ ފުއްގިރީގައި ހުރި ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަން ހުއްޓާ ގާތްގަނޑަކަށް 25 ފޫޓު މަތިން މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 15:58 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް މިހާރު ދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު