ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" ގެ ފަސްޓްލުކް ޕޯސްޓަރު ރިލީޒްކުރުމާއި ޓީޒާ ލޯންޗުކުރުމުގެ ޚާއްސަ އިވެންޓް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖުނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވިފައިވާ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ޕޯސްޓަރާއި ޓީޒާ ދައްކައިލުމަށް ބާއްވާ މި އިވެންޓް އޮންނާނީ މާދަމާ ރޭ 20:45 ގައެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކުޅަދާނަ ބަތަލާ މަރިޔަމް ޝީފާ އަދި ހުނަރުވެރި އެކްޓަރު އަހްމަދު ޝާރިފެވެ. މި ފިލްމުގައި ޝާރިފް ފެނިގެންދާނީ ކުރިން ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ވަރަށް ތަފާތު "ލުކް" އެއްގައެވެ. މީގެއިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން މަޝްހޫރު ފިލްމީ ތަރި ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ލާލި އަދި އެވްލީ ވެސް ފެނިގެންދާނެއެވެ.
ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް މިހާރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ފިލްމުގެ މުހިންމު ލަވައެއްގެ ޕްރެކްޓިސް ކުރާ މަންޒަރުތައް ފެންނަ ވީޑިއޯއެއް ދާދިފަހުން ވަނީ ޓިކްޓޮކްގައި އާންމުކޮށްފައެވެ. އެ ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ފިލްމަށް ލިބި، މި ފިލްމަށް ކުރެވޭ އިންތިޒާރު ވަނީ އިތުރަށް ބޮޑުވެފައެވެ.
އަސަރުގަދަ ލޯބީގެ ގިނަ ފިލްމުތަކެއް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ މި އައު ފިލްމު "މަޖުނޫން" އޮލިމްޕަސް ސިނަމާގެ ސްކްރީނަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު