ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހާއްސަ ހޮޓްލައިނަށް މިހާތަނަށް 65 މައްސަލައެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ބިދޭސީއަކު މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް އާންމުންގެ ފަރާތުން މި ހޮޓްލައިން މެދުވެރިކޮށް ލިބެމުންދާ ކަމަށެވެ. އެގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ތެރޭގައި، ބޭރު ފައިސާގެ މުއާމަލާތްތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި، އެއްވެސް ހުއްދައެއް ނެތި ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަމުންދިޔަ 18 ތަނެއްގެ މައުލޫމާތު ހިމެނެއެވެ.
މީގެ އިތުރުންވެސް، ރަސްމީ ރޭޓަށްވުރެ މާ ބޮޑު އަގުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ މައުލޫމާތާއި، ސޯޝަލް މީޑިއާ އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް މިފަދަ މުއާމަލާތްތައް ހިންގަމުންދިޔަ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު އާންމުންގެ ފަރާތުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން ބުނީ، ރައްޔިތުންގެ ފަރާތުން ލިބުނު މި މައުލޫމާތުތަކާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ތެރެއިން އެކަކު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކާއި ވިޔަފާރިތަކުގެ މައުލޫމާތުތައް އިތުރަށް ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާ ގުޅިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަމާއި އާންމު މަސްލަހަތާ ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުންގެ ބަޔާނުގައި ވަނީ އާންމު ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މާލޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ހިންގާ މުއާމަލާތްތައް ހުއްޓުވުމަކީ ސަރުކާރުން މިހާރު ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު