ސިނަމާތަކުގައި ދާދިފަހުން އެޅުވި މަގުބޫލު ފްރެންޗައިޒްގެ ފިލްމު "މިރުޒާޕޫރު: ދަ މޫވީ" ގައި ހުއްދައަކާ ނުލައި ލަވައެއް ބޭނުންކޮށްފައިވާ ކަމަށް ބުނެ ބޮޑު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިކޮށްފައިވަނީ އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދި ރެޕަރ، ރަޕޭރިޔާ ބާލަމްއެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި މަހާރާނާ ޕްރަތާޕްގެ ޝަރަފުގައި އޭނާ އުފައްދާފައިވާ "ޝޫރްވީރް" ނަމަކަށް ކިޔާ ލަވަ، މި ފިލްމުގައި ބޭނުންކޮށްފައިވަނީ އޭނާގެ އެއްވެސް ހުއްދައެއް ނެތި އަދި އެއްވެސް ކްރެޑިޓެއް ވެސް ދިނުމަކާ ނުލައެވެ.
މި ފިލްމު ސިނަމާތަކުގައި ދެއްކުމާއެކު، އިންސްޓަގްރާމް މެދުވެރިކޮށް ހިތްހަމަނުޖެހުން ފާޅުކުރަމުން ރަޕޭރިޔާ ބާލަމް ބުނީ، މި ފިލްމުގައި އޭނާގެ ލަވަ ހިމެނިފައިވާތީ ބައެއް މީހުން އުފާކުރަން ބުނެފާނެ ކަމަށާއި، ނަމަވެސް އޭނާގެ ހިތްވަނީ ކުދިކުދިވެފައި ކަމަށެވެ. އަދި މި ލަވަ ބޭނުންކުރުމުގެ ހުއްދަ ފިލްމުގެ ޓީމުން އޭނާގެ ކިބައިން ހޯދާފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ރަޕޭރިޔާ ބުނި ގޮތުގައި "ޝޫރްވީރް" އަކީ މަހާރާނާ ޕްރަތާޕްގެ ޤުރުބާނީ އާއި ޝަރަފަށް ހާއްސަކޮށް ހަދާފައިވާ ލަވައެކެވެ. އެހެންކަމުން، ފިލްމުގައި ކުށްވެރިންނާއި ގޭންގްސްޓަރުން ދައްކުވައިދޭ މަންޒަރެއްގައި އެ ލަވަ ބޭނުންކޮށް، އެފަދަ ނުބައި ބަޔަކު މާތްކޮށް ދައްކަން މަސައްކަތް ކުރުމަކީ ރާޖަސްތާނަށާއި މަހާރާނާ ޕްރަތާޕަށް ކުރެވުނު ވަރަށް ބޮޑު ބޭއަދަބީ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި މިކަން ބަލައިނުގަނެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެއިތުރުން، ފިލްމުގެ ޓީމުން އޭނާއާ ވާހަކަދައްކައިގެން މިކަން ކުރިނަމަ އިތުރު އެހީތެރިކަން ދިނީސް ކަމަށާއި، އެހެން ނަމަވެސް އެއްވެސް އެންގުމަކާ ނުލައި ލަވަ ބޭނުންކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބާލަމް ބުންޏެވެ. އަދި މި ލަވައިގެ ކޮޕީރައިޓްސް އާއި ލައިސެންސް ހޯދި ގޮތަކާމެދު ސުވާލު އުފައްދަމުން، މި މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ދީފައެވެ.
ފިލްމު ބެލި އެތައް ހާސް ބަޔަކު ޑައިރެކްޓް މެސެޖް ކޮށް ލަވަ ފާހަގަކުރި ކަމަށް ބުނެފައިވާއިރު، ރަޕޭރިޔާ ފާހަގަކުރީ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރުމުގެ މުހިންމުކަމެވެ.
ގުރްމީތު ސިންގް ޑައިރެކްޓްކޮށް، ޕުނީތު ކްރިޝްނާ ލިޔެފައިވާ "މިރުޒާޕޫރު: ދަ މޫވީ" އަކީ މަގުބޫލު ވެބް ސީރީޒަށް ފަހު ބޮޑު ސްކްރީނަށް ގެނައި ފިލްމެކެވެ. ރަޕޭރިޔާ ބާލަމް ކުރި މި ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ފިލްމު އުފެއްދި ޓީމުގެ ފަރާތުން އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު