ކަންނަޑާ ސިނަމާގެ މަޝްހޫރު ތަރި ޔަޝް ލީޑް ރޯލު ކުޅެފައިވާ ގޭންގްސްޓާ ޑްރާމާ ފިލްމު "ޓޮކްސިކް" ސިނަމާތަކުގައި ފްލޮޕްވެ، ފިލްމު އުފެއްދި ޓީމަށް ތާރީޚީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، މި ފިލްމަށް ލިބުނު ގެއްލުން 300 ކްރޯޑް ރުޕީސްއަށް ވުރެ މައްޗަށް އަރާނެއެވެ. މިއީ އިންޑިއާގެ ފިލްމީ ތާރީޚުގައި ވެސް ފިލްމަކުން ލިބުނު އެންމެ ބޮޑު ގެއްލުމެވެ.
މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ސިނަމާތަކަށް ދޫކޮށްލި މި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު ނެގެޓިވް ރިވިއުތަކެކެވެ. ފުރަތަމަ ދުވަހު އިންޑިއާއިން 120 ކްރޯޑް ރުޕީސް ލިބުނު ނަމަވެސް، ބެލުންތެރިންގެ ފާޑުކިޔުންތަކާ ހެދި މުޅި ތިއޭޓްރިކަލް ރަން 250 ކްރޯޑް ރުޕީސް އިން ދަށުން ނިންމާލަން ޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ސިނަމާތަކުގައި ދިމާވި މި ބޮޑު ނާކާމިޔާބީގެ ސަބަބުން ފިލްމުގެ އޯޓީޓީ (ޑިޖިޓަލް) އަދި ޓީވީ ސްޓްރީމިންގ ރައިޓްސް ވިއްކުމަށް ވެސް މިހާރު ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ފިލްމު ރިލީޒްކުރުމުގެ ކުރިން މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯމަކުން ވަނީ 150 ކްރޯޑް ރުޕީސްގެ އަގެއް ހުށަހަޅާފައެވެ. ނަމަވެސް ޔަޝް އާއި ފިލްމުގެ ޓީމުން ގަބޫލުކުރީ ސިނަމާތަކުގައި ފިލްމު ބޮ
ޑު ހިޓަކަށް ވާނެ ކަމަށާއި، އޭގެ ފަހުން 200 ކްރޯޑަށް ވުރެ ބޮޑު އަގަކަށް ޑިޖިޓަލް ރައިޓްސް ވިއްކާލެވޭނެ ކަމަށެވެ. އެހެންކަމުން އެ ހުށަހެޅުން އެ ފަހަރު ވަނީ ދޫކޮށްލާފައެވެ.
ނަމަވެސް ފިލްމަށް ލިބުނު ނާކާމިޔާބީއާ އެކު، މިހާރު ހުރިހާ ބަހުރުވައެއްގެ ޑިޖިޓަލް ސްޓްރީމިންގ ރައިޓްސްއަށް ޕްލެޓްފޯމްތަކުން ހުށަހަޅަނީ އެންމެ 30 ކްރޯޑް ރުޕީސްގެ އަގެކެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ޒީ5 އިންނެވެ.
މީގެ އިތުރުން، ފިލްމަކީ ބޮޑެތި މީހުންނަށް ޚާއްޞަ (އެޑަލްޓް ކޮންޓެންޓް) ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމަކަށް ވާތީ، ސެޓެލައިޓް ނުވަތަ ޓީވީ ރައިޓްސް ވިއްކައިގެން ފައިސާ ހޯދުމުގެ ފުރުސަތު ވެސް ވަނީ ގާތްގަނޑަކަށް ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު