ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އަމިއްލަ މަރުކަޒުތައް ބިނާކުރުމާއި، ފުލުހުންގެ ޤާބިލުކަން އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން އިސްކަންދީގެން ފަށައިގެން ކުރިއަށްދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުން ނިންމުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް މަދަނީ ބާރަކަށް ބަދަލުވެ މުޅި ރާއްޖެއަށް ފުޅާވެގެން ދިޔަ ނަމަވެސް، އެކަށީގެންވާ އުމްރާނީ ވަސީލަތްތައް ނެތުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ސީޕީ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެމުން އައީ މުޅި ރާއްޖޭގެ އެންމެ 17 ރަށުގައެވެ. ނަމަވެސް މިހާރުގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ބާކީ ހުރި ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ދާއިމީ މަރުކަޒުތައް ޤާއިމުކޮށް، އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާކަން ސީޕީ ހާމަކުރެއްވިއެވެ.
މީގެއިތުރުން، ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ ހިންގުމުގެ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް ގެންނަމުންދާ ކަމަށާއި، ތަފާތު ދާއިރާތަކުން ފުލުހުންގެ ހުނަރާއި ތަމްރީނު އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފުލުހުން ރެޔާއި ދުވާލު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ، އެންމެ ބޮޑު އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ފުރިހަމަ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީނުތަކާއެކު، ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިވެހި ހުރިހާ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯބި ލިބިފައިވާ، ޤާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު