ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ސިޔާސީ ދައުވާތަކެއް އުފުލައިގެން އޭނާ ފަހަތަށް ޖެއްސޭނެ ކަމަށް މި ސަރުކާރުން ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، އޭނާގެ މައްޗަށް ކުރާ ދައުވާތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ތިނަދޫގެ ތަރައްގީއަށްޓަކައި މޭޔަރު ސައުދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހުއްޓުވުމުގެ ބާރެއް މި ސަރުކާރަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް މި ސަރުކާރަކަށް ނިގުޅައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ، ސަރުކާރުން ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ދައްކަމުންދާ ބިރަށް ފަސްނުޖެހި، ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމަށް ޝާހިދު ވަނީ ސައުދަށް ހިތްވަރު ދެއްވާފައެވެ.
ޝާހިދުގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މޭޔަރު ސައުދުގެ މައްޗަށް ކުރަނީ ސިޔާސީ ނުފޫޒުން ފުރިގެންވާ ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް ބިރުދެއްކުމާއި، ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް ބާރުތައް މައި ސަރުކާރަށް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު އެ ދެ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފުލުހުން ހިންގި ތަހުގީގަށްފަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާއި، ހަތަރު މަހާއި ސައުވީސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން، މި ދެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ޖުމްލަ ދެ އަހަރާއި އެއް މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައާ ގުޅިގެން ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ވެސް ސައުދު މަގާމުން ސަސްޕެންޑު ކުރިއެވެ. އޭރު ވެސް އޭނާ ވިދާޅުވެފައިވަނީ އެއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށެވެ. މީގެއިތުރުން، ތިނަދޫގެ އާބާދީ އޮޅުވާލާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ މީސްމީޑިއާގައި އާންމުކުރެއްވި އާބާދީގެ ލިސްޓެއްގެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ ސިޓީ ކައުންސިލުން ވެސް ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު