ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ވަކިވެ، ޚިދުމަތް ދޭން ފެށިތާ 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި އެއްބައިވަންތަކަމުގެ ޚާއްޞަ ހިނގާލުމެއް މިއަދު ބާއްވައިފިއެވެ.
މާލެ ސަރަޙައްދުގައި މިއަދު ހެނދުނު 6:00 ގައި ކުރިއަށްގެންދިޔަ މި ހިނގާލުން ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ. މި ހިނގާލުމުގައި މާލެވަށައިގެން ފުލުހުންގެ ލަޝްކަރު ހިނގާފައިވާއިރު، ފުލުހުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން މި ހަރަކާތުން ވަނީ ދައްކުވައިދީފައެވެ.
މާލޭގައި ބޭއްވި ހިނގާލުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުލުހުންގެ އިސް ސަފުތަކުގެ އޮފިސަރުންނާއި، އެކި ރޭންކުތަކުގެ މުވައްޒަފުންނާއި އާންމު ޚިދުމަތްތަކުގައި އުޅޭ މުވައްޒަފުން ހިމެނޭހެން 1،000 އަށްވުރެ ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން އިސްނަގައިގެން، އެ ރަށްރަށުގައި ވެސް މިފަދަ ހިނގާލުންތައް ވަނީ ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައެވެ.
ދިވެހި ފުލުހުންނަކީ މަދަނީ ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސައި، މަސައްކަތް ފަށާފައިވަނީ 1 ސެޕްޓެމްބަރު 2004 ގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މިއަދު އިތުރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެގޮތުން، ޢާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ހަވީރެއް މިއަދު ހަވީރު މާލޭގެ ސޯޝަލް ސެންޓަރު ސަރަޙައްދުގައި އޮންނާނެއެވެ. އަދި ފުލުހުންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ "ޕޮލިސް ފެމިލީ ނައިޓް" ވެސް މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު