ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވުމަށްފަހު، ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އެ ރަށުން ވަރަށް ހޫނު ތަރުހީބަކާއި މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ޢަބްދުﷲ ޝާހިދު ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތް ކުރެއްވުމާއެކު، އެ ސިޓީގެ އެމްޑީޕީ މެންބަރުންނާއި އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބަނދަރު މައްޗަށް އެއްވެ މަރުހަބާ ދަންނަވާފައެވެ. އަދި ޝާހިދަށް ތާއީދު އޮތް މިންވަރު ހާމަކުރުމުގެ ގޮތުން، އެމަނިކުފާނަށް ސަޕޯޓުކުރާ ފަރާތްތަކުން ވަނީ ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ފޯރިގަދަ ސައިކަލު ބުރެއްވެސް ބާއްވާފައެވެ.
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު ރަސްމީކޮށް އިޢުލާނު ކުރެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ.
އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމުގެ ވަރުގަދަ އަޒުމުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ޤައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށްޓަކައި އިތުރު ޖޯޝާއި އައު ރޫހެއްގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދުކުރައްވައި ވޯޓު ދެއްވުމަށް ޕާޓީގެ އެންމެހައި އާންމު މެންބަރުންގެ ކިބައިން ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު އަބަދުވެސް ވެވަޑައިގަންނަވާނީ އާންމު މެންބަރުންގެ އަޑުއައްސަވާ، އަދި ހުރިހާ ފިކުރެއްގެ ބޭފުޅުންނާ ގުޅިގެން ޤައުމާއި ޕާޓީގެ ހައްޤުގައި މަސައްކަތް ކުރައްވާނެ ސިޔާސީ ލީޑަރަކަށް ކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު