މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 9 ބިދޭސީން
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 9 ބިދޭސީން
މާލޭގައި މަސްތުވާތަކެތި ވިއްކައި، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ނުވަ ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިނއ ގޮތުގައި މި މީހުން އަތުލައިގެންފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގެ ތެރެއިން، މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގަމުންދިޔަ ގެސްޓުހައުސްއެއް ބަލައިފާސްކުރިއިރު، އެ ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތޯހިދުލް އިސްލާމް (35އ) އާއި، މޮނީރް ބެޕާރީ (37އ) އާއި، ޖަކިރް މުންޝި (46އ) އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ) އާއި، އެމް.ޑީ އުސްމާން (23އ) އާއި، މޮހައްމަދު ބަބްލޫ އަލީ (34އ) އާއި، އެމް.ޑީ ރައިހާން (32އ) އާއި، އަފްރަނުލް ހޮގް އާޝިކު (34އ) ގެ އިތުރުން މުހައްމަދު ރަކިބް ހޮސެއިން (30އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މި މައްސަލައިގެ ތަހުގީގަށް ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އަދި މި މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު