ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދައެއް ނެތި، ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުންފުންޏެއްގެ އޮފީސް ފުލުހުން ބަލައިފާސްކުރަން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ބަލައިފާސްކުރަމުން ދަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން މ. ދަނބުގޯޅީގައި ހިންގަމުންދާ އޮފީހެކެވެ.

ފުލުހުން ބުނީ މި ކުންފުންޏަކީ އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ތަނެއް ކަމަށެވެ.

އަދި މި މައްސަލައިގެ ތަޙުޤީޤަށް އެ ކުންފުނިން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ އެ ކުންފުނީގެ އޮފީސް ބަލައިފާސްކޮށް، މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ އިތުރު ހެއްކާއި ޤަރީނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ މެދު ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް