ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ދުވަސްވީ މީހަކަށާއި ޒުވާނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:44 ހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގައި ދަތުރުކުރި 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި 24 އަހަރުގެ ދިވެހި ޒުވާން ފިރިހެނަކަށެވެ. އެ ދެ މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، އެ މީހުންނަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ވިނަރެސް ފްލެޓްތައް ކައިރީގައި ވަނީ ސީރިއަސް އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު