މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ބައްލަވައިގަންނަ އަގު މިއަދުން ފެށިގެން ކިލޯއަކުން 1 ރުފިޔާ ބޮޑުކޮށް، މަސް ކިލޯއެއްގެ އަގު 21 ރުފިޔާއަށް ހަމަޖައްސައިފިއެވެ.
މިފްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި ކުންފުނީގެ މައި ސެންޓަރުތަކާއި މަސް ކިރާ އުޅަނދުފަހަރުން މިއަދުން ފެށިގެން މަސް ބައްލަވައިގަންނަމުން ގެންދާނީ މި އައު ރޭޓުގައެވެ. މިގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން، އެ ކުންފުނީގެ މަސް ކިރާ ބޯޓުފަހަރުތައް ކަމުގައިވާ ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 އިން ވެސް މަސް ގަންނަމުންދާނީ ކިލޯއެއް 21 ރުފިޔާއަށެވެ.
މަހުގެ އަގަށް މި ގެނައި ހެޔޮ ބަދަލާއެކު، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ބޮޑު އަދަދަކަށް މަސް ކިރުމަށް މިފްކޯއިން ވަނީ ރާވާފައެވެ. އެގޮތުން އުތުރާއި، މެދުރާއްޖެތެރެ އަދި ދެކުނުގެ މަސްވެރިކަމުގެ ސަރަހައްދުތައް ހިމެނޭހެން މިއަދު އެކަނިވެސް ޖުމްލަ 442 މެޓްރިކް ޓަނުގެ މަސް ގަތުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.
އަގަށް މިފަދަ ބަދަލެއް ގެންނަން ނިންމި މައިގަނޑު ސަބަބު ހާމަކުރަމުން މިފްކޯއިން ބުނެފައިވަނީ، މިއީ މަސް ގަންނަ އަމިއްލަ ވިޔަފާރިވެރިންގެ އަގުތަކާ އެއް ހަމައެއްގައި ކުންފުނީގެ އަގުތައް ހިފެހެއްޓުމަށާއި، އޭގެ ސީދާ މަންފާ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ފޯރުކޮށްދިނުމުގެ މަގުސޫދުގައި ނިންމި ނިންމުމެއް ކަމަށެވެ.
މިފްކޯއިން މަސް ގަންނަ އަގަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެ ފަހަރު ކިލޯއަކަށް 18 ރުފިޔާގެ މަގުން ހުރި އަގު 20 ރުފިޔާއަށް ބޮޑުކުރީ، ބާޒާރުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސްވެރިން ބާނާ މަހަށް އެކަށޭނަ ހައްގު މިންވަރު ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ. މިއަދު އަނެއްކާވެސް މި ގެނައި އިތުރު ބަދަލާއެކު މަސްވެރިންގެ އާމްދަނީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު