މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ދޭ މަސްވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުުރުކޮށްފިއެވެ.
ތިން ދާއިރާއަކުން މަސްވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހު ފިޝަރީޒް މިނިސްޓްރީން މިދިޔަ މަހުގެ 29އާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މިހާރު އިތުުރުކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ހަފްލާގައި އެވޯޑު ދޭނީ ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅާއި އަދި ފަރުމަސްވެރިޔާއަށެވެ.
އެގޮތުން ޒުވާން ކެޔޮޅުގެ އެވޯޑް ލިބޭނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާނަކަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑް ދޭނީ މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު 35 އަހަރުން މަތީގެ ކެޔޮޅަށެވެ.
ފަރުމަސްވެރިޔާގެ އެވޯޑު ދޭނީ އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރުމަސްވެރިޔަކަށެވެ

ކިޔުންތެރިންގެ ހިޔާލު