ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި، އެހެން ފަސިންޖަރެއްގެ ގައިގައި ރުހުމަކާ ނުލައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ހިނގައިދިޔަ މި ހާދިސާގެ މައުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ޕޯސްޓުތަކަކާ ގުޅިގެން ކަމަށެވެ.
އަދި މި މައްސަލަ ސަމާލުކަމަށް އައުމާއެކު، އެކަމާ ގުޅިގެން ބަލަންޖެހޭ މައުލޫމާތުތަކާއި ކަންކަން މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، މި ހާދިސާ ހިނގި ވަގުތާއި، ދަތުރުކުރި އެއާލައިނުގެ ތަފްސީލެއް އަދި މި މައްސަލައިގައި ޝާމިލުވާ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު