ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ތާޕްސީ ޕައްނޫ، އޭނާ ކުޅޭ ރޯލުތަކަކީ ބެލުންތެރިންނަށް ފަސޭހައިން ލަފާކުރެވޭ ފަދަ އެއްވައްތަރެއްގެ (ޓައިޕްކާސްޓް) ރޯލުތަކަކަށް ވާން ބޭނުންނުވާތީ، ބައެއް ފިލްމުތައް ދޫކޮށްލަން ފަށާފައިވާ ކަމަށް ބުނެފިއެވެ.
"ޕިންކް"، "މުލްކް"، "ތައްޕަޅު" އަދި "އަސީ" ފަދަ އިޖުތިމާއީ ގޮތުން މުހިންމު، ވަރުގަދަ މެސެޖުތަކެއް ދޭ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތާޕްސީ، ޕީޓީއައި (ޕްރެސް ޓްރަސްޓް އޮފް އިންޑިއާ) އަށް ދިން އިންޓަވިއުއެއްގައި ބުނީ، ވަކި ވައްތަރެއްގެ އިމޭޖެއްގައި ބަންދުވާން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި، 2024 ވަނަ އަހަރު ނުކުތް ކޮމެޑީ ފިލްމު "ކޭލް ކޭލް މޭން" ފަދަ މަޖާ އަދި ތަފާތު ފިލްމުތައް ކުޅެން ބޭނުންވާ ކަމަށް އޭނާ ހާމަކުރިއެވެ.
ތާޕްސީ ފާހަގަކުރި ގޮތުގައި ފިލްމު އިންޑަސްޓްރީގައި ގިނަ ފަރާތްތަކުން މަސައްކަތް ކުރަނީ އެމީހުންގެ "ކޮމްފަޓް ޒޯން" ގައެވެ. އެގޮތުން ގްލެމަރަސް ރޯލުތަކަށް ވަކި ފަސް ބަތަލާއިން ތިބޭއިރު، މައްސަލަތަކުގެ މައްޗަށް ބިނާކޮށް ހަދާ ސީރިއަސް ފިލްމުތަކަށް ވެސް ހާއްސަކޮށްފައި ތިބެނީ ވަކި ފަސް ބަތަލާއިންނެވެ.
"މި ސަބަބާ ހުރެ އަހަރެން މިހާރު ވާނީ ބައެއް ފިލްމުތައް ދޫކޮށްލަން ފަށާފައި. ފިލްމު އުފައްދާ މީހުން ކައިރީގައި އަހަރެން ބުނަން، މި ފިލްމަށް އަހަރެން ލައިފިއްޔާ ފިލްމު ނިމޭނެ ގޮތް ބެލުންތެރިންނަށް ވަރަށް ފަސޭހައިން ލަފާކުރެވޭނޭ. އެހެންވީމަ އަހަރެން މި ރޯލަށް ނުނަގާށޭ، އެއީ ފިލްމަށް ވެސް ވާނެ ގެއްލުމެކޭ. އަހަރެން ވާނީ މިގޮތަށް ބައެއް ފިލްމުތައް ކުޅެން އަމިއްލައަށް އިންކާރުކޮށްފައި،" ތާޕްސީ ބުންޏެވެ.
ތާޕްސީ ބުނި ގޮތުގައި އޭނާގެ ކެރިއަރުގެ ކުރީކޮޅު، ބޮޑު އާމްދަނީއެއް ލިބޭ އާންމު މެއިންސްޓްރީމް ރޯލުތައް އޭނާއަށް ނުލިބުމުގެ ސަބަބުން، ހިޔާރުކުރަން ޖެހުނީ ވަރުގަދަ، ސީރިއަސް އަންހެން ކެރެކްޓާތަކެވެ. ނަމަވެސް، ނަސީބު ދިމާކުރި ގޮތުން ފަހުން އެފަދަ ފިލްމުތައް ވެސް މެއިންސްޓްރީމް ވެގެން ދިޔައީއެވެ.
މީގެއިތުރުން "ސޫރްމާ"، "މިޝަން މަންގަލް" އަދި "ޑަންކީ" ފަދަ ފިލްމުތަކަކީ މާ ބޮޑަށް ސީރިއަސް ރޯލުތަކާ ދުރުވެލުމަށް ލިބުނު ރަނގަޅު ފުރުސަތުތަކެއް ކަމަށް ތާޕްސީ ފާހަގަކުރިއެވެ. "އެ ފިލްމުތަކުގެ ސަބަބުން އަހަންނަށް ލިބިފައި އޮތް ޕްރެޝަރު ކުޑަވި. ސަބަބަކީ ނަފްސާނީ ގޮތުން ބަލާއިރު ވެސް، ވިދިވިދިގެން އެއްފަދަ ބުރަ ރޯލުތައް ކުޅުމަކީ ސިއްހަތަށް ރަނގަޅު ކަމެއް ނޫން،" އޭނާ ބުންޏެވެ.
ތާޕްސީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ނެޓްފްލިކްސްގެ އެކްޝަން ޑްރާމާ "ގަންދާރީ" އިންނެވެ. މީގެ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ކުރިން ނީރަޖް ޕާންޑޭގެ ކާމިޔާބު ފިލްމު "ބޭބީ" (2015) އިން ޖާސޫސެއްގެ ކުޑަ ނަމަވެސް ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދިޔަ ތާޕްސީ ވަނީ އޭގެ ސްޕިން-އޮފް ފިލްމު "ނާމް ޝަބާނާ" (2017) ގެ މައި ރޯލު ވެސް ކުޅެފައެވެ. އަދި އަލުން އަނެއްކާވެސް "ގަންދާރީ" އާއެކު އެކްޝަން ޖޯންރާއަށް އެނބުރި އާދެވޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު