ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފްލޭޝް ފްލަޑް (ކުއްލި ފެންބޮޑުވުން) ގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދުގެ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ހިނގި މި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޑިއާގެ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް މި ހާދިސާގެ އެއްވެސް އަސަރެއް ކޮށްފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލްގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ފޮރިން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400(960+) އަށް ގުޅުއްވުމަށް ނުވަތަ ކޮންސިއުލަރ އީމެއިލް އަށް މެއިލް ކުރެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު