ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސާޖިދު ޚާން އަދި މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އަލުން އެކުގައި އައު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު މަޖައްލާ "ފިލްމްފެއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ ފަންނާނުން ގުޅިގެން އުފައްދާ މި އައު ޕްރޮޖެކްޓަށް ޕްރޮޑަކްޝަން ހައުސްއިން މިހާރު ވަނީ ފެހި ސިގްނަލް ދީފައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ސާޖިދު ޚާން ދެން އެންމެ އަވަހަށް ޑައިރެކްޓްކުރާނީ އަކްޝޭ ކުމާރު ހިމެނޭ ފިލްމެކެވެ. މިވަގުތު ސާޖިދު މަސައްކަތް ކުރަމުންދަނީ އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން އަހޫޖާ އާއި ނިތާންޝީ ގޯއެލް މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމުގައެވެ. އެ ފިލްމުގެ މަސައްކަތް ނިމުމާއެކު، އަކްޝޭއާއެކު އުފައްދާ ފިލްމުގެ ޝޫޓިންގ އިނގިރޭސިވިލާތުގެ ލަންޑަނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ސާޖިދު ޚާން އާއި އަކްޝޭ ކުމާރަކީ މީގެކުރިން ބޮލީވުޑަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕެއާއެކެވެ. އޭގެ ތެރޭގައި "ހޭ ބޭބީ"، "ހައުސްފުލް" އަދި "ހައުސްފުލް 2" ހިމެނެއެވެ. ނަމަވެސް، 2018 ވަނަ އަހަރު ފެންމަތިވި '#މީޓޫ' ހަރަކާތުގެ ތެރޭގައި ސާޖިދަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން، އޭރު އުފައްދަމުންދިޔަ "ހައުސްފުލް 4" ގެ ޑައިރެކްޓަރުކަމުން އޭނާ ވަކިވިއެވެ. އަދި އެ ހިސާބުން މި ދެމީހުންގެ މަސައްކަތްތަކަށް ހުއްޓުމެއް
އައެވެ. އެ ދުވަސްވަރު އަކްޝޭ ބުނެފައިވަނީ ސާޖިދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން އޭނާ ބަރީއަވެއްޖެނަމަ އަލުން އެކުގައި މަސައްކަތްކުރަން ތައްޔާރު ކަމަށެވެ.
ސާޖިދު އަލުން ޑައިރެކްޝަނަށް އެނބުރި އަންނަނީ ހޮރޯ-ކޮމެޑީ ފިލްމު "ހީރޯ ކީ ހޮރޯރީން" އިންނެވެ. މި ފިލްމަކީ ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އަދި ފިލްމުގައި އޭނާއާއެކު ފެންނާނީ "ލާޕަތާ ލޭޑީސް" އިން މަގުބޫލުކަން ހޯދި ނިތާންޝީ ގޯއެލް އެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސް އަދި އަމަރް ބުތާލާ ގުޅިގެންނެވެ. ޚަބަރުތައް ބުނާގޮތުގައި އަކްޝޭއާއެކު ސާޖިދު ދެން ހަދާ ފިލްމަކީވެސް މި ޕްރޮޑަކްޝަން ހައުސްގެ ފަރާތުން ގެނެސްދޭނެ ފިލްމެކެވެ.
އައު ފިލްމުގެ ޝޫޓިންގ ލަންޑަނުގައި ފެށުމަށް ތައްޔާރުވަމުންދާއިރު، މި ފިލްމުގެ ނަމާއި، ފިލްމުގެ ޖޯންރާ އަދި އިތުރު ކާސްޓުންނާ ބެހޭ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިއީ ވިޔަފާރީގެ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މި ޑައިރެކްޓަރާއި އެކްޓަރުގެ ކެރިއަރުގައި ފެށިގެންދާނެ އައު ބާބެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު