ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޗީފް ސްޕޯކްސްޕާސަން މުޙައްމަދު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު ރައީސް އޮފީހުން ނީލަމަށް ލާފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމާ ގުޅިގެން ކަމަށެވެ. އަދި އެ މޭޒު ނީލަން ކިޔާފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް ހަމަޖެހިފައިވާ އުޞޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، މިގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް ނީލަމަށް ލަނީ، ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ އެ ނިޝާނެއް ނައްޓައިލުމަށްފަހު ކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ. ނަމަވެސް، ޚަބަރުތަކާއި ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލުތަކެއް ގެނެސް، އެއީ ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދެއްކުމަށް މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މިފަދަ ޚަބަރުތައް މީޑިއާގައި ޝާއިޢުކުރުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ޞައްޙަ މަޢުލޫމާތު ހޯދުމަށާއި، ރަސްމީގޮތުން ކަށަވަރުކުރުމެއް ނެތި، ޙަޤީޤަތާ ޚިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާގޮތަށް މިފަދަ މަޢުލޫމާތު ޢާންމުނުކުރުމަށް ޗީފް ސްޕޯކްސްޕާސަންގެ ބަޔާނުގައި ވަނީ އިލްތިމާސް ކުރަށްވާފައެވެ.
މުންދު މިހެން ވިދާޅުވެފައިވާއިރު، އެ މޭޒު ނީލަމުގައި ވިއްކާލާފައިވަނީ 12500 ރުފިޔާ ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އަދި މިމޭޒަކީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުން ކުރެއްވި މޭޒެއް ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު